މޫސުން ގޯސްވުމުން ހުޅުމާލެ ފެރީގެ ހިދުމަތް މެދުކަނޑާލައިފި

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ހުޅުމާލެ ފެރީގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައި ފެރީ ޓާމިނަލް ބަންދުކޮށްފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދަޅުވީ މިއަދު ހެނދުނުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދިއަކަމަށާއި ނަމަވެސް 11:00ޖަހާ އެހާކަންހާއިރުން ފެށިގެން ވަރަށް ބޮޑަށް ކަނޑުގަދަވުމުން ދަތުރުތައް ހުއްޓާލީ ކަމަށެވެ.
"ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނަޑާލުމުން ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާނެ. އެކަމަކު މޫސުމަށް ސަމާލުނުވެ ދަތުރުކުރަން ފަށައިފިނަމަ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ. އެހެންވެ އެކަމަށް ސަމާލުވެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ." ރައްޒާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫސުން ރަނގަޅުވިހާ އަވަހަށް އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެތީ ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމި އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ