ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭނު ތަރުޖަމާނަކަށް ޑރ. ޝަހީދު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސް ޕާސަނަކަށް ކުރީގެ ފޮރިން މިނިސްޓާ ޑރ. އަހްމަދު ޝަހީދު ހަމަޖައްސައިފި އެވެ.ފޮރިން މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާތީ އެމަގާމުގައި ނުހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އެ މަގާމުން އިއްޔެ އިސްތިއުފާދެއްވި ޑރ. ޝަހީދު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ތަރުޖަމާނަކަށް ހަމަޖައްސާފައި ވަނީ މިއަދު އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކަމަށް އެމްޑީޕީން ބުނެ އެވެ.ޑރ. ޝަހީދު ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ