ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ގާސިމްގެ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރަކާއެކު އެމަނިކުފާނު ދިރިއުޅުއްވާ މ. މާފަންނު ވިލާއަށް ފުލުހުން ގޮހެވެ. އެ ގޭގެ ކުރިމަތީގައި ފުލުހުންގެ ވެހިކަލް އަދިވެސް އެބަ އޮތެވެ. މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް އެކި މަސްދަރުތަކުން އެކަން ވަނީ ކަށަވަރުވެފަ އެވެ.
ގާސިމް ހައްޔަރު ކުރަން ނެގި ކޯޓް އަމުރާ ހަވާލާދީ ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ވިދާޅުވީ، ގާސިމް ހައްޔަރު ކުރީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ކުޑަތަން ވެފައިވަނިކޮށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތައް ގާސިމް ކުރައްވާތީ ކަމަށެވެ. އެކަމަކު އެކަން އަދި ޔަގީނެއް ނުކުރެވެ އެވެ.
ގާސިމް ހައްޔަރުކުރި އިރު، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ރާއްޖެއިން ނުފުރޭ ގޮތަށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. ތަފްސީލް އަންނަނީ...
ގާސިމް އިބްރާހިމް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ