އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން އަންނަ ކެފޭ އަލްފްރެސްކޯއަށް ވަދެވޭ ގޮތަށް ހުސައިނީ ގޯޅި ތެރޭގައި ހުންނަ ދޮރު ބަންދު ކުރަން އެސްޓީއޯއިން އުޅުމުން އެ ދޮރު ބަންދު ނުކުރަން ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.
ކޯޓުން އެގޮތަށް އަމުރުކުރީ އެސްޓީއޯ ޓްރޭޑް ސެންޓަރަށް ބައެއް ބަދަލުތައް ގެންނާތީ އެ ދޮރު ބަންދުކުރަން ނިންމައި އެކަން ކެފޭ އަލްފްރެސްކޯ ހިންގާ ކްލައުޑް ނައިން ކެފޭސް އެންޑް ކޭޓަރިން އަށް އެސްޓީއޯއިން އެންގުމުން، އަލްފްރެސްކޯ ހިންގާ ކުންފުނިން އެފަދަ އަމުރަކަށް އެދުމުންނެވެ.
ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ދޮރޯށި ބަންދު ކުރުމަކީ އުނދަގުލަކާ ނުލައި ކެފޭ އަލްފްރެސްކޯ ހިންގުމަށް ލިބިގެންވާ ހައްގަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ކަމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމަކީ އެ ކޯޓުން ބަލަމުންދާ މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށްވާތީ އެ މައްސަލަ ނިމުމުގެ ކުރިން ނުވަތަ އެ ނޫން ގޮތަކަށް އެންގުމުން ކުރިން އެ ބަދަލު ގެނައުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
އަލްފްރެސްކޯ އިން މިއަދު ބަޔަކު ހިދުމަތް ހޯދަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ނަމަވެސް އެސްޓީއޯއިން ކޯޓުގައި ބުނެފައިވަނީ އެ ދޮރު ބަންދު ކުރި ނަމަވެސް އެތަނަށް ވަދެވެން އިތުރު ދެ ދޮރެއް ހުންނާނެ ކަމަށެވެ. އަދި ވަކި ތަނެއްގައި ދޮރެއް ބަހައްޓަންޖެހޭނެ ކަމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައި ނޯންނާނެ ކަމަށާއި އެތަނަށް ބަދަލު ގެނައުމުގެ ފުރިހަމަ ބާރު އެސްޓީއޯއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެތަނަށް ބައެއް ބަދަލުތައް ގެންނާތީ އަލް ފްރެސްކޯ ހިންގަމުން ދިޔަ ތަން ހުސްކުރަން ވެސް އެސްޓީއޯއިން ކުރިން އެންގި އެވެ. ނަމަވެސް އެ އެންގުމަށް އަމަލުކުރުން ވެސް ސިވިލް ކޯޓުން ވަނީ ހުއްޓުވައިފަ އެވެ. އަދި ސިވިލް ކޯޓުގެ އެ ނިންމުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އަލްފްރެސްކޯއަށް ވަދެވޭ މައި ދޮރު ބަންދު ނުކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ