ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ އިސް ބޭފުޅުންގެ ޓީމަކާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ލީޑަރުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުވުމުގެ ކުރިން ރައީސް ޔާމީން މައުމޫންއާ ސަލާމްކުރައްވަނީ. --ހަވީރު ފޮޓޯ: ނިޝާން އަލީ މީގެއިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.ޕީޕީއެމްގެ އިސް ޓީމަކާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ފަހަތްޕުޅުން އެ ޕާޓީގެ ރައީސް މައުމޫނާއި އެހެން ބައެއް ބޭފުޅުން ވަޑައިގަންނަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ ޕީޕީއެމް ސަރުކާރަށް އެއް އަހަރު ފުރޭ މުނާސަބަތުގައި ރައީސް ޔާމީނަށް ތަހުނިޔާ ދެންނެވުމެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ޕީޕީއެމްގެ އެއްބާރުލުން ދޭނެ ކަމަށް މި ބައްދަލުވުމުގައި މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި ތަހުނިޔާގެ ސިޓީއެއް މައުމޫން ވަނީ ރައީސް ޔާމީނަށް އަރުވާފައި ކަމަށް އެނގިފައިވެ އެވެ.
މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ އިސް ޓީމަކާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ