ކަރަންޓުގެ އަގު ހެޔޮ ކޮށް، އައު ރޭޓްތައް އިއުލާންކޮށްފި

މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގެ ކަރަންޓުގެ އަގަށް ބަދަލު
ގެނެސް ބިލްކުރާ އާ ރޭޓްތައް މޯލްޑިވްސް އެނާޖީ އޮތޯރިޓީން މިއަދު
އިއުލާންކޮށްފި އެވެ.ސަރުކާރުން ކަރަންޓުގެ އަގަށް
މިއަދު ބަދަލު ގެނައީ މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު އާ ޓެރިފް ރޭޓެއް
އިއުލާންކުރުމަށް ފަހު އެ ރޭޓާ އެއްގޮތަށް މިމަހުގެ އެއް ވަނަ ދުވަހުން
ފެށިގެން ބިލްކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެވެ.އެނާޖީ
އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބާޒާރުގައި ތެލުގެ އަގަށް
އަންނަ ބަދަލާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ދެވޭނެ އުސޫލެއް
ކަނޑައަޅާފައިވާނެ ކަމަށެވެ. އެގޮތުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި
ދެވޭނެ މިންވަރު ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އެވަގުތަކު ހިދުމަތް ދޭ
ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެ
އޮތޯރިޓީން ބުންޏެވެ.އޭނާޖީ އޮތޯރިޓީން ބުނީ އަލަށް
ރޭޓްތައް ކަނޑައެޅި އިރު މިހާރު ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް
ތެޔޮ ލީޓަރެއް ގަންނަން ލިބޭ އަގެއް ކަމަށް ބަލާފައި ވަނީ ފެބްރުއަރީ
އެއްވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 7.05ރ. ކަމަށް
ބަލައިގެން ކަމަށެވެ. އަދި ތެލުގެ ސާޗާޖު ބިލުގައި ހިމަނަން ފަށާނީ ތެޔޮ
ލީޓަރެއް އަށް ރުފިޔާ އަށް ވުރެ ބޮޑުވުމުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެ އަގު އަށް ރުފިޔާ އަށް ވުރެ ބޮޑުވުމުން ކޮންމެ ދިހަ ލާރިއަކަށް ތިން ލާރި ސާޗާޖުގެ ގޮތުގައި ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.ކަރަންޓުގެ
އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން އަގު ހެޔޮވެފައި ވަނީ ޖުމްލަ
ގޮތެއްގައި ދަށް ބޭންޑްތަކުންނެވެ. ފެބްރުއަރީ އެކަކުން ފެށިގެން ނަގާ
ގޮތަށް ކުރިން ހަމަޖެއްސި އަގުތަކާ އަޅައިބަލާއިރު، މަތީ ބޭންޑްތަކުން ނަގާ
އަގުތަކަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.ތިރީގައި އެ ވަނީ ފެބްރުއަރީ އެކަކުން ފެށިގެން ބިލްކުރުމަށް ކުރިން ކަނޑައެޅި ޓެރިފް ރޭޓާއި މިއަދު އިއުލާންކުރި އަގުގެ ތަފާތެވެ.ކަރަންޓްގެ އަގަށް ގެނައި ބަދަލު
ސުމަކުން ފެށިގެން 100 ޔުނިޓާ ހަމައަށް 1.50ރ (މިއީ ކުރީގެ ރޭޓަށް ވުރެ 60 ލާރީގެ ހެޔޮވުމެއް)101 ޔުނިޓުން 200 ޔުނިޓާ ހަމައަށް 1.70ރ (50 ލާރީގެ ހެޔޮވުމެއް)201 ޔުނިޓުން 300 ޔުނިޓަށް 2.15ރ ( 20 ލާރީގެ ހެޔޮވުމެއް)301 ޔުނިޓުން 400 ޔުނިޓަށް 2.50ރ (20 ލާރީގެ ހެޔޮވުމެއް)401 ޔުނިޓުން 500 ޔުނިޓަށް 2.95ރ (40 ލާރީގެ ހެޔޮވުމެއް)501 ޔުނިޓުން 600 ޔުނިޓަށް 3.55ރ (40 ލާރީގެ ހެޔޮވުމެއް)601 ޔުނިޓުން މައްޗަށް 4.25ރ (ތަފާތެއް ނެތް)ސްޓެލްކޯ އިން ފެބްރުއަރީ އެކެއްގެ ކުރިން ނަގަމުން އައި އަގުތައް
100 ޔުނިޓާ ހަމަ އަށް ޔުނިޓަކަށް 2.25ރ101 ޔުނިޓުން 300 ޔުނިޓާ ހަމައަށް 2.50ރ. 301 ޔުނިޓުން 500 ޔުނިޓާ ހަމައަށް 2.95ރ.501 ޔުނިޓުން 600 ޔުނިޓާ ހަމައަށް 3.55ރ.601 ޔުނިޓުން މައްޗަށް ޔުނިޓަކަށް 3.85ރ. މާލެ އާއި އެހެން ރަށްތަކުގެ އަގުތަކުގެ ތަފާތު
ސުމަކުން ފެށިގެން 100 ޔުނިޓާ ހަމައަށް 2.20ރ (މާލެއަށް ވުރެ ދިހަ 10 ލާރި ބޮޑު)101 ޔުނިޓުން 200 ޔުނިޓާ ހަމައަށް 2.75ރ (މާލެ އަށް ވުރެ 55 ލާރި ބޮޑު)201 ޔުނިޓުން 300 ޔުނިޓަށް 3.40ރ (މާލެ އަށް ވުރެ 1.05ރ. ބޮޑު)301 ޔުނިޓުން 400 ޔުނިޓަށް 3.50ރ (މާލެ އަށް ވުރެ އަށް ލާރި ބޮޑު)401 ޔުނިޓުން 500 ޔުނިޓަށް 4ރ (މާލެ އަށް ވުރެ 65 ލާރީގެ ބޮޑު)501 ޔުނިޓުން 600 ޔުނިޓަށް 4.50ރ (މާލެ އަށް ވުރެ 55ލާރި ބޮޑު)601 ޔުނިޓުން މައްޗަށް 5.50ރ (މާލެއަށް ވުރެ 1.25ރ. ބޮޑު)ފެބްރުއަރީ އެކެއްގެ ކުރިން އަތޮޅުތަކުގެ ރަށްރަށުގެ
އިންޖީނުގެތަކުން ބިލްކުރަމުން ގެންދިޔައީ ތަފާތު އަގުތަކެއްގަ އެވެ. އަދި
ކުރިން އިއުލާންކުރި އަގުތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމުމާ
ގުޅިގެން ފެބްރުއަރީ މަހުގެ ބިލް ފޮނުވާނެ ދުވަހެއް ކަރަންޓުގެ ހިދުމަތްދޭ
ކުންފުނިތަކުން ނުނިންމަ އެވެ.ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ޓެރިފް ރޭޓަށް ގެނައި ބަދަލާ އެއްގޮތަށް ގޭގެ އަށް ބިލް ފޮނުވާނެ ދުވަހެއް އަދި ނުނިންމާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ