ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި އެ ކޯޓަށް އާ ފަނޑިޔާރުން އައްޔަންކުރުމަށް މަޖިލީހުގައި އެދުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލް ހޯލުގައި އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވަކިކުރެއްވުމަށާއި އެކޯޓަށް އާ ބެންޗެއް އެކުލަވާލުމަށް މަޖިލީހުގައި އެދުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ރައީސް މުޙައްމަދު ޝަރީފުއެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ ރައީސް އިބުރާހީމު އާތިފެވެ.
މިހުށަހެޅުން ފާސްވީ ޖަލްސާއަށް ހާޒިރުވެ ތިބި 63 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު އުވާލުމަށް ވޯޓު ނުދެއްވާ ގައުމީ މަޖިލިސްގެ ހަތަރު ބޭފުޅުންގެ ތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާ ކަންކަން ބާތިލްކޮށް މަޖިލީހުގެ ބާރުތަކަށް ސުޕްރީމު ކޯޓުން އަރައިގަނެފައިވާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓާއި ދެކޮޅަށް ވަރުގަދަ އިހްތިޖާޖުތަކެއް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އިހްތިޖާޖު ކުރުމަށް ޤައުމީ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީއެވެ.
ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން އައްޔަންކުރަން އެމްޑީޕީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ