އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުން ބުދަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ މެންދަމު ރަޔަޓު ގިޔަރު އަޅައިގެން ތިބި ދިވެހި ސިފައިންނާއި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ސުޕްރީމް ކޯޓަށް އެއްވެސް ހުއްދަ އަކާއި ނުލައި އެތަނުގެ ދޮރުތައް ހަލާކު ކޮށްލައިގެން ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހަށި ކޮޅުގައި އަތްލައި، ބިންމައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް، ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާއި ކަނޑައެޅިގެން ހިލާފުވާ ގޮތަށް ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ހުކުމް އިއްވާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތުގެ އިތުރުން ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ބިންމަތީގައި ދަމާ ކޫއްތާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ