މަރިޔަމް މަލެއް ބޯތައްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ވިއްސާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ގިނަ މިސާލުތަކާއި ޖޯކުތައް ޖައްސަވަމުން މިރޭ ޝާހިދު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރު މިހާރު ވިހަން ވެފައިވާ ކަމަށެވެ. އަދި އެ އަމުރު ވިހާ ވިހެއުމުގައި، އެހެން ގޮތެއް ނެތިއްޖެނަމަ މަރިޔަމް މަލެއް ގެންގޮސް ބޯތައްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް އަމުރު ވިއްސަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިހެއުމަށް އެދެނީ ކޮން އަމުރެއް ކަމެއް ވިދާޅެއް ނުވެއެވެ.
ސަރުކާރާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރައްވާ ޝާހިދު ވިދާޅުވީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގެންނެވީ މި ރާއްޖެ ހިތަކަށް ބޭނުންފުޅުވާ ކަމެއް ކުރައްވަން ނޫން ކަމަށާއި، ރައީސް ޔާމީން ގާނޫނު އަސާސީގެ ތެރެއަށް ވަޑައިގަތްނަން ޖެހޭކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ވެރިކަމުގެ ބާރު ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވެ ތިޔައިގެ ތެރޭން ކޮންމެ ބޭފުޅަކީ ވެސް އަދި ތިޔައިގެ ތެރޭން ކޮންމެ ބޭފުޅެއްގެ އާއިލާގެ ކޮންމެ މެންބަރަކީ ވެސް މި ދައުލަތުގެ ހިއްސާދާރުން،" ޝާހިދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ޝާހިދު ވިދާޅުވީ ކޯޓު އަމުރު ތަންފީޒުކޮށްފައި ނޫނީ ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"މި އަމަރު ތަންފީޒު ކުރާނަން. މި އަމުރު ތަންފީޒުކޮށްފައި އަޅުގަނޑުމެން ފަހަތަށް ޖެހޭނީ." ޝާހިދު ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން ނިކުމެ ތިބީ ސުޕްރީމް ކޯޓުން ހައްޤަށް ނަސްރު ލިބޭ ފަދަ އަމުރެއް ނެރުނީމާ އެ އަމުރު ތަންފީޒު ކުރަން ކަމަށާއި، މިއަދުގެ ސަރުކާރަށް ނުކުޅެދިގެން އުޅޭތީ، ސުޕްރީމް ކޯޓުގެ އަމުުރު ތަންފީޒް ކުރުން ނޫން ގޮތެއް މި ސަރުކާރަކަށް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ވިއްސާން - ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ