މިއަދާ މާދަމާ އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުން ކަރަންޓް ކެނޑޭނެ.

ފެނަކަކޯޕަރޭޝަނުން ކަރަންޓްގެ ޚިދުމަތް ދެމުންދާ އަށްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގެ ޖަނަރޭތަރުތައް ސިންކްނޮރައިޒް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށް އެކުންފުނިން ބުނެފިއެވެ. ފެނަކައިންބުނީ އެކޯޕަރޭޝަނުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ އަށްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގައި ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި އަލަށް ބެހެއްޓުނު 2 މެގަވޯޓްގެ 2 ޖަނަރޭޓަރުން އެސިޓީއަށް ކަރަންޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޖަނަރޭތަރުތައް ސިންކްނޮރައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިއަދާއި މަދާމާ މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި އެސިޓީން ކަރަންޓް ކެނޑިގެންދާނެކަމަށް ފަނައިން ވަނީ ބުނެފައެވެ. އަދި މަފަދަ ކަންކަމުގައި އަށްޑޫ ސިޓީގެ ރައްތަކުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކާމާއި އެއްބާރުލުން ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރާކަމަށް އެކުންފުނިންބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ