ވަކި ފަރުދަކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅުމަކުން އިދިކޮޅު އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށާއި އެކަން ވިޔަކަ ވެސް ނުދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ބުރާސްފަތި ދުވަހު ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އިއްތިހާދުގެ ބައެއް ބޭފުޅުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. އަދި ޖޭޕީގެ ބައެއް ބޭފުޅުން ވެސް އެކަމާ ހިތްނުތަނަވަސްވެ، ވާހަކަ ދައްކަވާފައިވެ އެވެ.
އުމަރަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން، ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.
Vaki farudhaku JP ah gulhumakun, adhi membaraku vaki kamehgai thafaathu visnumeh gengulheygothakun raajje islaahee magah genaumah JP baiverivefaivaa iththihaadhuge gulhumah buroo araigen nuvaane. Adhi JP in ekan viyakaves nudheynan.— Qasim Ibrahim (@qasimibrahim) December 18, 2017
ގާސިމް މިއަދު ކުރެއްވި ޓުވީޓު.ގާސިމްގެ ޓްވީޓްގައި އުމަރުގެ ނަން ގެންނަވާފައެއް ނުވެ އެވެ.
މިހާރު ޖަރުމަނުގައި ހުންނެވި ގާސިމް ވިދާޅުވީ މެމްބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން، އިސްލާހީ މަގަށް ރާއްޖެ ގެންނަން ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫ އަރައިގެން ނުވާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އުމަރު ގުޅިވަޑައިގަތުމާ ދިމާކޮށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވީ އުމަރަށް އެމްޑީޕީއާ ވައި ވެސް އެޅުނަ ނުދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީ ހަލާކުކޮށްލަން އޭނާއަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
Umar MDP aa vai ves elhuna nudheynan: Hassan Latheef
Mihaaru
އެމްޑީޕީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަންގައި އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވަނީ ފާޅުގައި ވިދާޅުވެ އެވެ. އެހެންވެ، އޭނާ އަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވެފަ އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ނުވަތަ ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޖޭޕީ ހިމެނޭ ކޯލިޝަންގައި އެއް ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭޕީގައި އެންމެ އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކަމަށާއި ޖޭޕީގެ ޓިކެޓަށް ވާދަކުރައްވާނީ އެ ފުރުސަތު ގާސިމަށް ބަންދުވުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
Umar party nizaamaa varah beerattehi: Mariya
Mihaaru
ވަކި ފަރުދަކު ޖޭޕީއަށް އައުމުން އިއްތިހާދުގެ ގުޅުމަށް ބުރޫ އަރައިގެން ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ