މަޖިލިސް އުވާލުމުގެ ބާރު ރައީސްއަށް ލިބިގެންވޭ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނީ ޒިންމާ އަދާނުކުރާނަމަ ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުން ހާމަކޮށްފި އެވެ.ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ޤާނޫނު ބާތިލު ކުރުމަށް ތިން މެންބަރަކު އެކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމި މިއަދު ކުރި ހުކުމުގައެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައިފިނަމަ މަޖިލިސް އުވާލާ އަވަސް އިންތިޚާބަކަށް ގޮވާލުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔެއް ކަމަށާއި، އެބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާނުކޮށް، ސަރުކާރު ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރާނަމަ، ރައްޔިތުންގެ މަޖިލިސް އުވާލައި، އަވަސް އިންތިޚާބަކަށް ގޮވާލުމުގެ ބާރު ބަރުލަމާނީ ނިޒާމްތަކުގައި ވެސް ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާއަށް ލިބިވަޑައިގަންނަވާ ކަމަށް ބުނެފައިވެ އެވެ. އަދި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެއްވެސް ސަބަބެއް ނެތި ޖަލްސާތަކަށް ހާޒިރުނުވެ ގާނޫނު ހެދުމަށް ހުރަސް އަޅާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ އުސޫލު އޮންނަ ކަމަށާއި އެފަދަ އުސޫލުތައް އެކުލަވާލުމަކީ މަޖިލީހުގެ ޒިންމާއަކަށްވާއިރު މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައިނުވާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.މީގެއިތުރުން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެއީ ކުރަންޖެހިފައިވާ ކަމެއް ކަނޑައަޅާފައި ވަނިކޮށް، އެފަދަ ގާނޫނެއް ގެނައުމަށް މެންބަރުންތަކެއް ގަސްދުގައި ހުރަސް އަޅާފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންވެ، ގާނޫނުގައި ދުސްތޫރީ ޝަރުތުތައް ހަމަނުވާ ކަމަށް ބެލެވެން ނެތް ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. އަދި މަޖިލީހުގެ ގިނަ މެންބަރުންތަކެއް މަގުބޫލު އުޒުރެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި، މަޖިލިސް ހުއްޓުމަކަށް އައިސްފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތަކަށް އެއްވެސް އުޒުރެއް ނެތި ހާޒިރު ނުވާއިރު، މެމްބަރުން ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަން އެނގޭ ކަމަށާއި، އަދި މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވުމަކީ ގާނޫނުއަސާސީގައި ބުނާ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ