ބިލެތްފަހީ އިންޖީނުގެ އަލުން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ އިންޖީނުގެ އަލުން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.ބިލެއްފަހީ އިންޖީނުގެ އަލުން އިމާރާތްކުރަން އިއުލާންކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެ އެއްކޮށް އަނދާ ހުލިވުމާއި ގުޅިގެންނެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް ބިލެއްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްއެއް، އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. ފެނަކައިން ވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ 11:30 އަށް ކުންފުނީގެ މައި އޮފީސް ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުން މަޢުލޫމާތު ސާފުކޮށް، 5 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ