އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފްގެ ނަން ހުށަހަޅައިފި
ފެނަކަ ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުގައި މަގާމަށް އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވުމަށް ފަހު މިއަދުގެ މަޖިލީސް ނިންމާލައިފިއެވެ.އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ ތ. ތިމަރަފުށި މާލޭގެ އަހްމަދު ޝަރީފްގެ ނަމެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެެނެވެ. ސުލައިމާން މިހާރު ވަނީ ނެޝަނަލް އިންޓަރގުރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި. އެކަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް އަބްދުﷲ މަސީހް މުހައްމަދު ވަނީ އިއުލާނު ކުރައްވާފައެވެ. މީގެއިތުރުން މިއަދު މަޖިލީހުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށައަޅާފައިވާ ތައުލީމްގެ ބިލު ޤައުމީ ތަރައްޤީ ކޮމިޓީގައި ދިރާސާ ކުރައްވާ ހުށައަޅާ ސުން ގަނޑި ވެސް ކަނޑައަޅާފައިވެއެވެ. ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 7 ވަނަ މައްދާގެ ދަށުން ކޮމިޓީތަކައް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން ގަވައިދު ކޮމިޓީއަށް 7 ބަދަލު ގެނެސްފައިވާއިރު، ޤައުމީ ތަރައްޤީ ކޮމިޓީއަށް 3 ބަދަލު ވަނީ ގެނެސްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މި ބަދަލުތައް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަންގާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ