ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަވަނިކޮށް ބުރާސްފަތި ދުވަހު ދޫކޮށްލި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތާއެކު ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފާރިސް ދިރިއުޅުއްވާ ގެއަށް ވަޑައިގެންފިއެވެ.
ފާރިސް ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދަނިކޮށް ފާރީސް އުޅުއްވާ ގެއަށް ރައީސް މައުމޫން ވަޑައިގެންނެވީ މީގެ ކުޑައިރުކޮޅެއްގެކުރިންނެވެ. އެމަނިކުފާނުގެ އިތުރުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ސިޔާސީ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންވެސް އެ ގެ އަށް ވަޑައިގަންވަމުންދާކަމަށް ވެއެވެ.
ފާރީޝް ހައްޔަރުކުރަން އުޅެނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އެ ކޯޓް އަމުރު ދީފައިވަނީ ފާރިސްގެ މައްސަލަ ބައްލަވާ ގާޒީ ނޫން ކަމަށް ވެއެވެ.
ފާރިސް އަލުން ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތައް އިވިފާވާކަމަށް ބުނެ ފާރިސްގެ ދައްތާފުޅު ޔުމްނާ ވަނީ ޓްވީޓް ކުރައްވާފައެވެ. އަދި ޖެއްސުން ކުރުން ކަމަށާއި ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަހަށް ފާރިސް ދޫކޮށްލިތާ އަދި ވީ އެންމެ ދެ ދުވަސް ކަން ޔުމްނާ ފާހަގަ ކުރެއެވެ. Anekkaa MP @afarismaumoon hayyaru kuran ulhey kamuge mauloomaathu eba libey. 6 mas dhuvahah vure gina dhuvahuge bandhakah fahu CC in dhoo kollithaa adhi 2 dhuvas mivy. Mee hama aniyaa noon tho?— Yumna Maumoon (@yumna_maumoon) January 27, 2018
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ފާރިސް ބަންދުން ދޫކޮށްލާފައިވަނީ ތިން ޝަރުތަކާއެކުއެވެ. އެއީ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ ކަމެއް ނުކުރުމާއި، މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމާއި، ކޯޓުން އަންގާ ވަގުތަށް ކޯޓަށް ހާޒިރުވުމެވެ.
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާއި ގުޅިގެން ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ފާރިސް ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދަނިކޮށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވިކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން ބުނީ ޕޮލިސް ކޮމިޝަނަރުގެ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އަރީފް އުފުއްލަވަމުންގެންދަވާކަމަށެވެ.
ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތާއެކު ރައީސް މައުމޫން ފާރިސް ދިރިއުޅުއްވާ ގެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ