އެމެރިކާގެ ރައްޔިތުން މިވަގުތު ލުބްނާނަށް ދަތުރު ނުކުރުމަށް ގޮވާލައިފި


 
އެމެރިކާގެ ރައްޔިތުން މިވަގުތު ލުބްނާނަށް ދަތުރު ނުކުރުމަށް، ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ގޮވާލައިފިއެވެ.
 
 
މިވަގުތު ލުބްނާނުގައި ތިބި އެމެރިކާ ރައްޔިތުންވެސް ހޮޓާތަކާ، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ޢާންމުން އެއްވެ އުޅޭ ޙަފްލާތަކަށް ނުދިއުމަށްވެސް އެމެރިކާގެ އެމްބަސީންވަނީ ގޮވާލާފައެވެ. އެމެރިކާގެ އެމްބަސީން މިކަން ހާމަކޮށްފައިވަނީ އެއެމްބަސީގެ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް ޢާންމުކޮށްފައިވާ ސަލާމަތީ މެސެޖެއްގައެވެ. އާންމުކޮށް އެމެރިކާ ރައްޔިތުން އެއްވެ އުޅޭނެ ކަހަލަ ތަންތަނަށް ނުދިއުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވަނީ މިތަންތަނަކީ ޓެރަރިސްޓް ޙަމަލާތަކުގެ އަމާޒަކަށް ވެފައިވާތީ ކަމަށް ޚަބަރު ލިބެއެވެ.
 
ލުބްނާނުގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންނާ އެޤައުމުގައި މަސައްކަތްކުރާ އެމެރިކާގެ ރައްޔިތުން ލުބްނާނުގައި އެ ތިބެނީ އެމީހުންނަށް އޮތް ނުރައްކާ އަމިއްލައަށް އެނގި ތިބެގެންކަން އެފަދަ ފަރާތްތަކުން ވިސްނަން ޖެހޭކަމަށް އެމެރިކާއިން ބުނެއެވެ. އަދި މި ނުރައްކާތަކާ މެދު ޚާއްސަ ގޮތެއްގައި ވިސްނުމަށްވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ  ބާރު އަޅާފައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން މީގެ ކުރިންވެސް ވަނީ އެޤައުމުގެ ރައްޔިތުން ލުބްނާނަށް ދަތުރުކުރުމާ ދެކޮޅު އިންޒާރުތަކެއް އެކި ފަހަރު މަތިން ދީފައެވެ. އަދި މިހާރުވެސް ލުބްނާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެޤައުމުން ފޭބުމަށް ވިސްނުމަށްވެސް އެމެރިކާ ޚާރިޖިއްޔާއިން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ