މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސުޓެލްކޯ އިން ދެމުންދާ ކަރަންޓްގެ މައްސަލައަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު 9:30 ކަންހާއިރުން ފެށިގެން މާލޭ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސުޓެލްކޯގެ އިންޖިނިއާ އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ހަތަރު ބައިކުޅަ އެއްބައި ސަރަހައްދުން ކަރަންޓް ދިޔައީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށް ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް މިވަގުތު ދަތި ކަރަންޓް ދިޔައީ ކޮންތަންތާކުންކަން ބުނަން. ކަރަންޓް ގޮސްގެން މިއުޅެނީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން،" ރައޫފު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމަށް ސުޓެލްކޯގެ އިންޖީނިއަރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ކަަރަންޓް ދެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ހެނދުނު 9:30 އެހާކަންހާއިރުން ފެށިގެން މާލޭގެ ބޮޑުބަޔަކުން މިހާރު ވަނީ ކަރަންޓް ކެނޑިފަ އެވެ. އެގޮތުން ކަރަންޓް ކެނޑިފައި ވަނީ އެކި އަވަށްތަކުގެ އެކިއެކި ހިސާބްތަކުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ