މިއަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހުޅުވާލައިފިއެވެ.
ވީއޭއެމް އިން މިމަހުގެ ނުވަވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 އިން އެޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ޔޫތު ސެންޓަރުގެ އިންޑޯހޯލުގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިކުރެވޭ އުމުރުފުރާތަކަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. އެގޮތުން 13 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 13 އަހަރު ނުފުރޭ ކުދިންނަށެވެ. 15 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 15 އަހަރު ނުފުރޭ ކުދިންނަށެވެ.
އެ މުބާރާތުގެ 17 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރި ވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 17 އަހަރު ނުފުރޭ ކުދިންނަށެވެ. އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރި ވެވެނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 19 އަހަރު ނުފުރޭ ކުދިންނަށެވެ.
އެ މުބާރާތާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެސޯސިއޭޝަންގެ ނަންބަރު 3317015 އަށް ގުޅުމަށް ވީއޭއެމް އިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ