ސްނޯކްލިން އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އއ.މަޑިވަރު ބޭރުގައި ސްނޯކްލިން އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެއްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މިހާރު އޮތީ އއ.ރަސްދޫ ހޮސްޕިޓަލުގައެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ