ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި މީހަކަށް އަނިޔާވެއްޖެ

މާލެ އާއި ހުޅުމާލެ ހައިވޭގައި ސައިކަލަކާއި ފިއުލް ބައުޒަރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:20 އެހާކަންހާއިރު ހައިވޭއިން ހުޅުމާލެއަށް ފައިބާ ކޮޅުގައި ސައިކަލާއި ފިއުލް ބައުޒަރެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އަންހެނަކަށެވެ.
އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ