އެއް މަސް ދުވަހުގެ މުއްދަތަކަށް ސުޕްރީމް ކޯޓު ރިސެސްއަށް!

މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުގެ މަތިން މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ރިސެސްއަށް ދާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީން ކޯޓު ރިސެސްގައި އޮންނާނެ ކަމަށް އެކޯޓުން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަނެ، އިދާރި މައްސަލަތަކަށް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
ކުރިން ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފު ދާދިފަހުން ރިޓަޔާކުރައްވާފައިވާއިރު އޭނާގެ ބަދަލުގައި މިހާރު ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލު ހުންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކަކާ ގުޅިގެން ދެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދެވެ. މީގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރަމުންގެންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން ފަނޑިޔާރު ޢަބްދުލްޣަނީ ވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން ވަކިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ