ކޯސްޓްލައިން ހާރޑްވެއާރގައި ރޯވީ ކަރަންޓު ޝޯޓަކުން: ސިފައިން

ކޯސްޓްލައިން ހާޑްވެއާރގައި އަލިފާންރޯވީ އިލެކްޓްރިކް ޝޯޓަކުން ކަމަށް އެކަން ތަހުގީގުކުރި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ބުނެފިއެވެ.
މީގެ ދެ މަސް ކުރިން ހިނގި އަލިފާނުގެ ހާދިސާ އާގުޅިގެން ފަޔާ އެންޑް ރެސްކިއު އިން ބުނީ  އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން އިނގޭކަމަށެވެ.
އަދި އެ މަޢުލޫމާތުތައް ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. ކޯސްޓްލައިން ހާޑްވެއާރގައި ރޯވި އަލިފާންގަނޑު 3 ގަޑިއިރުގެ މަސައްކަތުން ކޮންޓްރޯލް ކުރި އިރު، މުޅި އެ ހާޑްވެއާރ އެއްކޮށް ވަނީ އަނދާހުލިވެފައެވެ. މި ހާދސާ ހިނގި އިރު، އެތަން ހުރީ އިންޝުއަރެންސްކޮށްފައި ކަމަށް އެތަނުގެ ވެރިފަރާތުން ވަނީ ބުނެފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެ އަލިފާނުގެ ހާދިސާއަށްވީ އިރު، މި ހާދިސާއާގުޅިގެން ޖުމްލަ ތިން ގެޔަކަށް އަލިފާން ގަނޑު ފެތުރިފައިވާ އިރު، އެ ހާދިސާގައި ގެއްލުން ލިބުނު ގިނަ ބަޔަކަށް ސަރުކާރުން ވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އަލިފާނުގެ ހާދިސާގައި އެ އިމާރާތުގެ ވަށައިގެން ހުރި ގެތަކަށް ގެއްލުންވުމުން ކޯސްޓްލައިން އިންވެސްޓްމެންޓުން އެ ގެތަކަށް އެއް މިލިޔަން ރުފިޔާގެ ފައިސާގެ އެހީއެއް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ