ވީޓީވީގެ އެކި ޑިޕާޓްމެންޓްތަކުގައި އިންޓާރންސްގެ ގޮތުގައި މަސައްކަތްކުރުމަށް ހުޅުވާލައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ އިން ހިންގާ ވީޓީވީގެ އެކި ޑިޕާރޓްމެންޓްތަކުގައި އިންޓާރންސްގެ ގޮތުގައި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 27 ޖަނަވަރީ 2021 އިން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލަފައެވެ.
އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 05 ފަރާތަކަށް، 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ގޮތަށެވެ.
އިންޓާރންޝިޕް އަށް ހުޅުވާލެވިފައިވާ ދާއިރާތައް:
އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތައް:
އިންޓަރންޝިޕަށް އެދިލައްވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު، 02 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، އެޕްލިކޭޝަން ވީޓީވީގެ ފްރަންޓް އޮފީހަށް ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ. އީމެއިލް މެދުވެރިކޮށްނަމަ [email protected] ގެ މެއިލް އެޑްރެސްއަށް ފޮނުވުމަށްވެސް އެދިފައިވެއެވެ.
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ފެބްރުއަރީ 2021 އާއި 10 ފެބްރުއަރީ 2021 އާ ދެމެދު، ވީމީޑިއާގައެވެ. އިންޓާރންޝިޕް ފުރިހަމަކުރާ ކެނޑިޑޭޓުންގެ ތެރެއިން، 03 މަސްދުވަހުގެ ޕަރފޮމެންސްއަށް ބަލައި، އެންމެ ރަގަޅުކަމަށް ކަނޑައަޅާ ފަރާތްތަކަށް، އެކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ