ޕޯސްޓްމޯޓަމްގެ ހިދުމަތް ރާއްޖޭގައި އަވަހަށް ގާއިމުވުމަކީ އުންމީދެއް: ޑރ. އުމަރު

މަރުގެ މައްސަލަތަކުގައި މަރުވު މީހާގެ އަސްލު ދެނެގަތުމަށް ޕޯސްޓުމޯޓަމްގެ ޚިދުމަތް ރާއްޖޭގައި ވަރަށް އަވަހަށް ޤާއިމްވުމަކީ އުއްމީދު ކުރައްވާ ކަމެއްކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރުއެވެ.
މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި މީހާ މަރުވި އަސްލު ސަބަބު ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަމަށް ޑޮކްޓަރުންނަށް ސީދާ ކަނޑައެޅިގެން ބުނެދެވެން ނޯންނަ ހާލަތްތަކުގައާ އަދި ގަސްތުގައި މަރާލާފައި އޮތް ކަމަށް ބެލެވޭ ހާލަތްތަކުގައިވެސް މަރުވި އަސްލު ސަބަބު ކަނޑައެޅިގެން ބުނެދެވެން އަންނަނީ ޕޯސްޓްމޯޓެމް ނުވަތަ އޮޓޮޕްސީއެއް ހަދައިގެންނެވެ.
އެގޮތުން ދިވެހި ފުލުހުންނަށްވެސް ގާނޫނުން މުތުލަގު ގޮތެއްގައި ޕޯސްޓްމޯޓެމް ހެދުމުގެ ބާރު މިހާރު ވަނީ ލިބިދީފައެވެ. އަދި މިހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު މިހިދުމަތް ރާއްޖޭގައި ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި އެއް އޮފިސަރަކީ ޕެތޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރުއެވެ.
ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޑރ. އުމަރުގެ ބޮޑު އުންމީދަކަށްވާއިރު، އެހިދުމަތް ރާއްޖޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނަކަމުގައި އުމަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައިވެސް މިހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއްވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މިދާއިރާކީ." ޑރ.އުމަރު ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް އެތަކެއް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޕްރޮފެޝަނަލްކޮށް އިންތިޒާމްވެފައި ހުރުމަކީ އެފަދަ ފަރާތްތަކުގެވެސް އިތުބާރު ބޮޑުވެގެންދާނެ ކަމައްކަމުގައި ޑރ. އުމަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ