ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު، ގާސިމް ގޮވައިގެން ކޯޓަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަތުން ހަ މިލިއަން ރުފިޔާ ހޯއްދަވަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފި އެވެ.ޖާބިރު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ނަގައި، އެ ފައިސާ އަނބުރާ އަދާކުރުމަށްޓަކައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ގާސިމްގެ ފަރާތުން ދީފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ނެގި އެއް މިލިއަން ޑޮލަރުގެ ފައިސާ ގާސިމް ދެމުންދިޔައީ ދިވެހި ރުފިޔާ އިން ކަމަށާއި ނަމަވެސް އޭނާގެ އަތުން ނެގި ފައިސާގެ ތެރެއިން 65،000.000 ޑޮލަރުގެ ފައިސާ މިއަދާއި ހަމައަށްވެސް ލިބިފައި ނުވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކުރައްވައި ގާސިމް އޭނާގެ އަތުން އަނބުރާ އަދާކުރާ ގޮތަށް ފަސް މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިއަދާއި ހަމައަށް ވެސް އަދާކޮށްފައި ނުވާ ކަމަށް ޖާބިރުގެ މައްސަލައިގައި ބުނެފައިވެއެވެ.އެކަން ސާބިތުކޮށްދޭން، ދެ ހެކިވެރިއެއްގެ އިތުރުން، ގާސިމް ދެއްވި އެއް މިލިއަން ޑޮލަރުގެ ޗެކު ވެސް ޑީއާރުޕީން ވަނީ އާއްމުކޮށްފައި އެވެ.ގާސިމްއާ ދެކޮޅަށް ޖާބިރު ދައުވާކުރައްވާފައިވާ އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވި ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައިވެސް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށް ދެ އެވެ.އެ ފައިސާ އަނބުރާ ހޯއްދަވަން މިދިއަ އަހަރު ފަހުކޮޅު ޖާބިރު ވަނީ ސިވިލް ކޯޓަށް އެ މައްސަލަވެސް ހުށަހަޅުއްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ