ލ.ގަމުގެ ފިހާރައެއްގެ ސޭޓަކަށް ހުރި ޒުވާނާކަށް ރޭ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކުރެވިގެން އުޅުމަށް ފަހު އެ އަތޮޅު ފޮނަދޫ ކޯޓް މެދުވެރިކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްދީފި ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 18 އަހަރު ނުވާ ކުއްޖަކާ އެކު ހަތް މީހަކު ހައްޔަރުކޮށްފައި ވާއިރު އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ލ.އަތޮޅުގެ ވަރަށް ގިނަ ކޯޓްތަކަށް ގޮސްގެން ވެސް އެކަން ކޮށްދޭނެ ކޯޓެއް ނުވެގެން އުޅުމަށް ފަހު 15 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ފޮނަދޫ ކޯޓާއި ކްރިމިނަލް ކޯޓާ ދެމެދު އޯޑިއޯ ކޮންފަރެންސް ހަދައިގެން، ކްރިމިނަލް ކޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި މި ކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފުލުހުން ފާހަގަކުރި އެވެ.
ރޭ 45: 9 އެހާއިރު ހިންގި މާރާމާރީގައި ހަމަލާ ދީފައި ވަނީ ގަމު ގޯލްޑަން ކްރައުން އަފްސަލް، ،21 އަށެވެ. އޭނާ އަށް ދިން ހަމަލާގައި ވާތު ކަންފަތް އިރައިގެން ގޮސް އަތުގެ ބައެއް ނާރުތައް ބުރިވެފައިވެ އެވެ. އަދި ކަނާތު ކުޑަހުޅާ ދިމާލަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އަތް ބުރި ނުވެ އޮތީ ކިރިޔާ އެވެ.
މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ފުލުހުން ހަތް މީހަކު ހައްޔަރުކޮށްފައި ވާއިރު ހަމަލާ ދޭން ބޭނުންކުރި ކަނޑިއެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ދަނީ ހޯދަމުންނެވެ. އެއީ އެއީ ލ.ގަން މަތިމަރަދޫ ދަނބުރުއްދޮށުގެ ހުސައިން ރިޒާ، ،24 އަދި ގަމު މުކުރިމަގު/ރުއްކުރި އަހްމަދު ފަހީމް، ،20 އެވެ.
ގަމުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ