ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ މެންބަރު އާދިލްގެ މައްސަލަ ކެންސަލްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ "ކުޑަ ކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގުމުގެ" ކުށުގެ ދައުވާގެ ޝަރީއަތް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައިވަނިކޮށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ އާލަސްކަންފުޅާ އުޅުއްވާތީ މައްސަލަ ކެންސަލްކޮށްފި އެވެ.
އާދިލްގެ ޝަރީއަތް މިއަދު ބާއްވަން ހަމަޖައްސާފައި އޮތީ 00: 1 އެވެ.
އާދިލްގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރާ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ.ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ބުނެފައިވަނީ އެ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގާނޫނޫ އަސާސީ 73 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖުލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ ނަމަ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ