ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ދީފިއެވެ.
ދަފްތަރު ނަންބަރު ރސ 4194 ޢާއިޝަތު ޙުޝާމާއަށް އެޑިއުކޭޝަން މިނިސްތްރީގެ ނައިބުކަން ދެއްވާފައިވަނީ މިއަދުއެވެ.
ހުޝާމާ އއެމަގާމަށް އައްޔަން ކުރެއްވުމުން އެޑިއުކޭޝަންގެ ނައިބުންގެ ގޮތުގައި ތިން ބޭފުޅުން ހަމަވިއެވެ. އެ ތިން ބޭފުޅުންގެ އިތުރުން ނައިބުންގެ ފެންވަރުގައި ސީނިއަ ޕޮލިސީ އެގްޒެކެޓިވުންގެ މަގާމުގައި އިތުރު ހަތް ބޭފުޅަކު ތިއްބަވައެވެ.
ގައްދޫ ދާއިރާގެ މެންބަރު ރަޝީދަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. ރަޝީދުގެ އަނބިކަނބަލުންނަށް އެމަގާމު ދެއްވި އިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނބަލުންނަށް އެޑިއުކޭޝަންގެ ނައިބުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ