ބަނގުރާ ގެންގުޅުމާއި ވިއްކިކަމުގެ ތުހުމަތުގައި ބަންދުކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލުކޮށްފި

ސ. ހިތަދޫ، ކަށިފަށުވިގޭ މުހައްމަދު ޝާރިހު،ބަނގުރާ ގެންގުޅުމާއި ވިއްކިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުއްޓާ އޭނާ ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މިދިއަ މަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރު ނެރުނީ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ބުނެއެވެ.
ހައިކޯޓުން ދަށު ކޯޓުގެ އެ އަމުރު ބާތިލުކޮށްފައިވަނީ އަމުރު އިސްތިއުނާފުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ