ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުގެ ގެއެއް އިނގިރޭސިވިލާތުގައި ހުންނަކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފިއެވެ.
އިއްޔެ ޝާހިދު އާންމު ކުރެއްވި 28 މެއި 2015 އިން 27 މެއި 2016 ގެ މާލީ ބަޔާން ބުނާ ގޮތުން ޝާހިދުގެ ގެއެއް ހުރީ އިނގިރޭސިވިލާތުގެ ޕްރެސްޓަންގެ ޕާކް ރޯޑްގައި އެބަހުއްޓެވެ. މީގެ އިތުރުން ހ.ރަބީއީ މަންޒިލް އަކީ ވެސް ޝާހިދުގެ ގެއެކެވެ. އޭގެ އިތުރުން އޭނާގެ މިލްކިއްޔާތުގައި ދެން އޮތީ ކާރެކެވެ.
ޝާހިދުގެ މާލީ ބަޔާން ބުނާ ގޮތުން އޭނާގެ މިލްކިއްޔާތުގައި 191293.95 ރުފިޔާ އެބައޮތެވެ. އަދި ބޭރު ފައިސާ އިން އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ދިވެހި ރުފިޔާ އިން ބަލާއިރު 5406127.83 އަށް އަރައެވެ.
ޝާހިދު އަށް އަހަރު ދުވަސްތެރޭގައި މުސާރަ އާއި ޕެންޝަނާއި ވިޔަފާރިން ލިބުނު އާންމުދަނީ 2362141.62 ރުފިޔާ އަށް އަރައެވެ. ޝާހިދު ވަނީ އަހަރު ދުވަސްތެރޭގައި 2425126.80 ދިރިއުޅުމުގެ ޚަރަދުތަކާއި އެހެން ޚަރަދުތަކަށް ހޭދަކޮށްފައެވެ.
ސާމްސް އިންވެސްޓްމެންޓް އެންޑް މެނޭޖްމެންޓް ކިޔާ ކުންފުންޏެއްގައި ޝާހިދުގެ 33 އިންސައްތަ ހިއްސާ އޮތް އިރު އެސްޓީއޯ އާއި އެމްޓީސީސީގައި ވެސް ޝާހިދުގެ 100 ހިއްސާ އެބައޮތެވެ. އެމްޓީޑީސީގައި ޝާހިދުގެ 12 ހިއްސާ އޮތްއިރު ބީއެމްއެލްގައި ޝާހިދުގެ 50 ހިއްސާ އެބައޮތެވެ.
މެންބަރު އަބްދުﷲ ޝާހިދުގެ ގެއެއް އިނގިރޭސިވިލާތުގައި އެބަހުރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ