ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގަތުމަކީ، ދުންޔާ މައުމޫންގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށް، ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ދުންޔާގެ އެ ނިންމެވުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ، ސަރުކާރާއި އަލުން ގުޅިވަޑައިގެންނެވިއިރު، ރައީސް މައުމޫން ވަނީ، މި ސަރުކާރަށް ކުރައްވާ ތާއީދު ދާދިފަހުން އަނބުރާ ގެންދަވާފައެވެ.
ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ދުންޔާ ފާޑުވިދާޅުވެފައިވެއެވެ.
ދުންޔާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު އެކަމަނާގެ ކޮއްކޯފުޅު ޣައްސާނު މައުމޫން މިވަގުތުވެސް ހުންނެވީ ސަރުކާރުގެ މަގާމެއްގައެވެ.
ދުންޔާ ސަރުކާރާ ގުޅުމަށް ތާއީދެއް ނުކުރަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ