ހިރާ ސްކޫލް – އިސްލާމީ އުސޫލްތަކާއި އެއްކޮށް ޒަމާނީ ތަޢުލީމެއް

އިސްކޫލެ މާހައުލެ ކިޔަވައިދޭ އެއްތެތި އަމެއްލެ ދިރިއުޅުމު ބޭނުންކެރާނެ އުސޫލުތައް ދަސްކޮށްދިޔޭނެ ނިޒާމައް ނުންފެހޭ "އެސްޕީރިޔަސް ލާރނިންގް" ސިސްޓަމަށް ޤާއިމްކުރުމަކީ މުސްތަޤްބަލި ހަރަދަނާ ޤާބިލް ޖީލަށް ބިނާކެރާއް އެޑިގެން އޭނެ މުހިންމު ފިޔަވަޅަށް.
ދީނީ ތައުލީމާއި ދުނޔެވީ ތައުލީމް އެއްކޮށްގެން މިޒަމާނި ކުރިމަތިވޭ ގޮންޖެހުންތަކާއި ކުރިމަތިލޔޭނެ ފަދަ ޤާބިލް ހުނަރަވެރި، ފުންނާބު އުސް ދަރިންތަކަށް މުޖްތަމަޢް އަށް ނިކުންމުމުގެ މަޤަސަދި 2010 ވަނަ އަހަރަ 50 ކުދިންނާއި އެއްކޮށް ފެށި ހިރާ އިސްކޫލަކީ މިޅި ދިވެހިރާއްޖެ އަށަސް ނަމޫނާ އިސްކޫލަށް.
އަމެއްލެ ޖަމިއްޔާއަށް ކަމަށް ވޭ "ހިރާ ޖަމިއްޔާ" އެއި ކުޑައި ހިޔަލި ދަށި އެއްކިމި ކިލާހަކި އެކޯ ކިޔަވައިދިނީ ޕްރީސްކޫލް ގްރޭޑްތަކަށް.  އެކަމަކި 2012 ވަނަ އަހަރާއި ހަމާއް އާކޯ ހިރާ ސްކޫލެ ޕްރައިމަރީ ގްރޭޑް އުފެދި އަލަށް ތަންފީޒުކެރާއް ތައްޔާރަކެރި އައު މަންޖަގު ޕައިލެޓް ކެރާއް ފެށެނެ.
ސްކޫލް ފެއްޓިތާން 5 އަހަރަ ވީކޯ 375 ކުދިޔެ ތެބެ ކިޔަވަތާ. އޭގެ އެތެރެ އައްޑޫ ސިޓީ އެއި ގުޅިފެއިވޭ ރަށްތަކުން ދަތެރެކޮށްފެއި ހިރާ ސްކޫލަށް ކިޔަވާއް އޭ 60 ކުދިންނަސް ހިމެނެއި. އެއްކިމި ކިލާސް ރޫމަކާއި އެއްކޮށް ފެއްޓި މި އިސްކޫލެ މިކޯ 9 ކިލާސް ރޫމެ ކިޔަވައިދެތާ. 2 ބޭރެ ޓީޗަރުންނާއި އެއްކޮށް ޖުމްލަ 32 ޓީޗަރާ ކިޔައިވެދިނުމެ މަސައްކަތް ކެރަތާ. މިކޯ ޕްރީސްކޫލް ގްރޭޑްތަކުން ކޮންމި ގްރޭޑަކި 4 ކިލާހެ ކިޔަވައިދޭކޯ ގްރޭޑް 1 އަދި 2 ކި ކޮންމި ގްރޭޑަކުން 2 ކިލާހާއި ގްރޭޑް 3 އަދި 4 އެއި އެއް ކިލާހެ ކިޔަވައިދެއި.
ހިރާ ސްކޫލަށް މާލީ ގޮތުން އެންމެ ބޮޑޮ އެހީތެރިކަމަށް ދެނީ ފައުންޑޭޝަން ބޯޑެ މެންބަރާ. އެ މެންބަރުންގެ ދީލަތި ކަމުން މަހަކި މައްތަށް 1 ލައްކަ ރުފިޔާ އިސްކޫލަށް ލިބެއި. މީގެ އިތިރަށް ސްކޫލަށް އޭ ކުދިން އަތުން ފީ އައްގެ ގޮތެ 500 ރުފިޔާ ނަގާކޯ ސްކޫލުން ދޭ ޚިދުމަތްތަކަށް ބަލާކޯ މީ ކުދު އަދަދަށް ކަން ފާހަގަވެއި.
މި ސްކޫލެ ތަސައްވަރަކީ މުޖްތަމަޢް އަށް ނުކުންނެ ކޮންމި ކޫދަކާ އަކީ އަސް ތަޤްވާވެރި، ފަންނުވެރި ދަރިންތަކަށް ގެ ގޮތެ ތަރުބިއްޔަތު ކެރުން. ސްކޫލުން ކުރިއަށް ގިނޭ  މައިގަނޑަ މަސައްކަތް ބެހަފެއި ވެނީ ދެބާކަށް ކަން ޕްރިންސިޕަލް އަލްފާޟިލާ މަރިޔަމް ސިތާރާ ފާހަގަކެރި. އޭ އިސްލާމީ ތަރުބިއްޔަތެ މަތީ ފަހުގެ ޓެކްނޮލޮޖީއަށް ކުދިންނަށް ކިޔަވައިދިނުން.
ހިރާ ސްކޫލެ ފެލާވަޅަ ނަގައިދެނީ ދުނިޔަވީ ތަޢުލީމާއި ދީނީ ތަޢްލީމް އެއްކޮށްގެން ދިރިއުޅުމެ ދިމާވޭ ހުށިހެއި ކަމަށް އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ދަސްވޭނެ ގޮތަކަށް.
"އަޅުގަނޑުމެން ބޭނުންވެނީ ކުރީގެ ޓްރެޑީޝަނަލް ގޮތް ދޫކޮށްލާއި އެކުދިންނަށް ބޭނުންވޭ ހުނަރާއި އިލްމު އެކުދިންނަށް ފޯރުކޮށްދިނުން." ސްކޫލްގެ ޕްރިންސިޕަލް ވިދާޅަވި.
މިގޮތުން އަޅުގަނޑުމެންނަށް އެންމެ ފާހަގަވީ ކަމަކީ އަމެއްލެ ދިރިއުޅުމެ ދިމާވެފޭނެ ކަންކަމާއި ކުރިމަތިލާނެ ގޮތް ކުދިންނަށް ކިޔަވައިދެމުން އޭކަން. އާންމު ގޮތަކި ރާއްޖޭ ސްކޫލްތަކި ފެނެމުން އޭ 'ކްލާސް ރޫމް ސްޓަޑީ' ގެ އިތިރަށް ފޮތެ ލޭނެ އެއްތެތި އަމެއްލާއް ތަޖުރިބާ ކެރާނެ ފުރުސަތު ހިރާ އިސްކޫލެ ކުދިންނަށް ލިބިގެން އެއި.
މި އިސްކޫލެ ބޭނުންކެރާ ކިލާސްތަކަކީ އެންމެ މިޒަމާނި ޓެކްނޮލޮޖީ ބޭނުންކެރާ، މަލްޓި މީޑިޔާ ކިލާސް ރޫމްތައް. ކިލާސްރޫމް ފަރުމާކޮށްފެއި ވެނީ ކުދިންނާއި ރައްޓެހި މާހައުލަށް ގޮތަށް.
ހިރާ ސްކޫލް ފެއްޓިގެން މިވީ 5 ވަރަކަށް އަހަރަ ދުވެހި އެތެރެ ދާއިރާއި ޒިންމާދާރަ އިސްފަރާތްތަކުގެ ފަރާތުން ވަރަށް ބޮޑޮ އެހީތެރިކަމަށޤ ލިބެމުން އޭ ކަމަށް ސްކޫލުން ފާހަގަ ކެރައި. މިގޮތުން ޤައުމީ މަންހަޖު އަޖުމަ ބެލުމަށް އެން.އައި.އީ ހުއްދަ ވެނީ ދެއްވަފެއި. މީގެ އިތިރަށް ދާއިރާގެ އިސްވެރިންނާއި އެހެނިހެން އިސްކޫލްތަކުން ހިރާ ސްކޫލަށް ގޮސް އެތަނުން ކެރާ މަސައްކަތް ފާހަގަކެރާ ކަމީ ހިރާ ސްކޫލުން ވަރަށް ފަޚުރުވެރިވޭ ކަމަށް. އަދި އިސްކޫލެ މަސައްކަތްތައް އެހެން އިސްކޫލުތަކި ޓީޗަރުންގެ ޓްރެއިނިން އަށާއި އެންއައިއީ ޓްރެއިނިންތަކި ބޭނުންކެރަމުން އޭ ކަމީ ސްކޫލަށް ލިބިފެއިވޭ އެންމެ ބޮޑޮ ކާމިޔާބީ.
ކޮންމި އަހަރަކިއަސް ދަރިވަރުންގެ ހުނަރަ ދައްކާއް ތަފަތު ހަރަކާތްތައް ރާވަމުން އޭ ހަރަކާތްތަކި އެތެރެ ހިމެނޭ އަހަރަކި އެއްފަހަރަ ބާ ޓެލެންޓް ޝޯވ އެއި ޢީދާއި ދިމާކޮށް ބާ ޓެލެންޓް ޝޯވ އަކީ އަސް ކުދިން ޝައުޤުވެރިވޭނެ ގޮތަކަށް ތައްޔާރަކޮށްގެން ހިނގުވާ ވަރަށް ފުރިހަމަ އަދި އެހެއި ކާމިޔާބު ހަރކާތައް.
ހިރާ އިސްކޫލަށް ދިމާވެފެއިވޭ އެންމެ ބޮޑޮ ގޮންޖެހުމަކީ އިސްކޫލް ހިނގުވާ އިމާރާތި ޖާގައިގެ ދަތިކަން. މިކޯ އިސްކޫލު ހިނގުވަމުން އެނީ ހިރާ ފައުންޑޭޝަން ބޯޑެ ރައީސްގެ ގޭ. ސްކޫލް އިމާރާތް އެޑާއް ސަރުކާރުން ބިމައް ދެރެފެއިވިއަސް މާލީ ދަތިކަމުގެ ސަބަބުން އަދި އެތަނި މަސައްކަތް ނިފެށެއި. އިސްކޫލެ ފަރާތުން "ވަގުތަށް" މައުލޫމާތު ދެމުން ސިތާރާ ވިދާޅަވީ އެކަމަށް ފައިސާ ހޯދާއް މަސައްކަތް ކެރާތާން 4 ވަރަކަށް އަހަރަ ވީކަލަސް އައްޑޫ ވިޔަފާރިވެރިންގެ ފަރާތުން މާބޮޑޮ އެހީއަށް ނިލިބޭ ކަމަށް.
ދިރިއުޅުމެ ހުށިހެއި ވަގުތަށް ސްކޫލާއި ސްކޫލެ ކުދިންނަށް ހުސްކޮށްގެން ހިށި ޕްރިންސިޕަލް ވިދާޅަވީ އާމްދަނީ އަށް ނިބަލައި ނަތީޖާ ނުކުންމާއް މަސައްކަތް ކެރާ މުވައްޒަފަކާ މެންނާއި އެއްކޮށް މަސައްކަތް ކެރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑޮ ހިތްހަމަޖެހުމަށް.
ހިރާ ސްކޫލް ދެކެމުން އޭ ކާމިޔާބީގެ ސިއްރަކީ ހިރާ ފައުންޑޭޝަން. ޚާއްސަކޮށް ފައުންޑޭޝަނި ރައީސް އާދަމް އިބްރާހިމް (އަސްރަފީ އާދަމް) އާ ނައިބް ރައީސް މުހައްމަދު އަހުމަދު ދީދީގެ ނަން އެ ސްކޫލެ ފަރާތުން ޝުކުރުވެރިކަމާއި އެއްކޮށް ފާހަގަކެރައި. އެއްވިއެސް އެއްތައް ނެތި ފެށި މިމަސައްކަތް މެހެއި ހިސާބަށް ގިނެވެނެއި މާތްﷲގެ ވާގިފުޅުން ކަން ސްކޫލުން ފާހަގަ ކެރައި. އަދި ސްކޫލެ ހުށިހެއި ކަމަކި ބެލެނިވެރިންނާއި ޓީޗަރުން ފަރާތުން ލިބޭ އެއްބާރަލުމަސް ސްކޫލުން ފާހަގަ ކެރައި.
ބެލެނިވެރިންނާއި މުޖްތަމަޢް އަށް ސްކޫލުން ދޭ މެސެޖަކީ " އާ ކަރިކިއުލަމް އާ ދޭތެރޭ ކަންބޮޑުވެވަޑައި ނުގަންނަވާށޭ. ޕްރެކްޓިކަލް އޮރިއެންޓެޑް ކްލާސްތަކުގެ ސަބަބުން ޕޮޒިޓިވް އައުޓްކަމް އައް ނުކުންނެހެއް. މިއީ ކުދިންގެ ހުނަރަ ތަރައްޤީ ކެރާއް ވަރަށް މުހިއްމު ފުރުސަތައް "
ހިރާ ސްކޫލުން މިކޯ އެންމެ ދެކޭއް ބޭނުންވޭ ދުވަހަކީ ސްކޫލެ އާއިމާރާތައް އެޑި ގްރޭޑް 12 އެއި ހަމާއް ކިޔަވައިދޭ ސްކޫލަކަށް ވެގެން ގެއުން. އަދި ދުނިޔޭ ފެންވަރި ފާހަގަވޭ ނަމޫނާ އިސްކޫލަށް މި ސްކޫލް ވެގެން ގެއުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ