ކަރަންޓް ސަބްސިޑީއަށް އެދުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ

ކަރަންޓު ސަބްސިޑީ އަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް އެންސްޕާއިން ބުނެފިއެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުުރުސަތު އެންސުޕާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު ފުރަތަމަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް ފަހުން އެންސްޕާއިން ވަނީ އެ މުއްދަތު އެއް މަސްދުވަހަށް އިތުރުކޮށްފައެވެ.
އެންސުޕާއިން ބުނެފައިވަނީ ހުކުރު ދުވަހާއި ، ހޮނިހިރު ދުވަހުވެސް ފޯމްތައް ބަލައިގަންނަމުން ދާކަމަށެވެ. އެގޮތުން މިއަދު ސަބްސިޑީ ފޯމު ބަލައިގެންފައިވަނީ މެންދުރުފަހު 3:00 އިން 6:00ށެވެ.
އަދި ހޮނިހިރު ދުވަހުގެ ރަސްމީ ގަޑީގައި ފޯމް ބަލައިގަންނަމުން ގެންދާނެކަމަށް އެ އެޖެންސީން ބުނެއެވެ.
ކަރަންޓް ސަބްސިޑީ މީގެކުރިން ވިޔަފާރިކުރާ ތަންތަނަށް ދެމުންދިއަ ނަމަވެސް މިދިޔަ މަހުން ފެށިގެން ވަނީ ވިޔަފާރިތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލާފައެވެ.
ސަބްސިޑީ ކަނޑާލުމުގެ ސަބަބުން މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެގެން ބައެއް ރަށްރަށުގެ ފިހާރަތައް ބަންދުކޮށް މުދަލުގެ އަގު ވަނީ ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ