ތަފާތު ކުށްތަކުގައި ބަންދުގެ މުއްދަތުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް މުއްދަތު ޖެހުމާ މެދު ގޮތެއް ނިންމާނީ އެކޯޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ކަމަށް ހަމަޖައްސައިފި އެވެ.
މުއްދަތު ޖެހުމުގެ ހުރިހާ މައްސަލަތަކެއްގައި ގާޒީ ބާރީ ގޮތެއް ނިންމަވާ ގޮތަށް ހަމަޖެއްސެވީ ކީއްވެ ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް މިގޮތަށް ކްރިމިނަލް ކޯޓުގައި އަމަލުކުރާތާ މިހާރު ހަފްތާއެއް ވެފައިވާ ކަމަށް އެނގިފައިވެ އެވެ.
ގާޒީ ބާރީގެ މި ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިމައްސަލާގައި ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ތަފާތު ކުށްތަކުގައި ބަންދުގެ މުއްދަތުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް މީހުން ހާޒިރުކޮށް މުއްދަތު ޖަހަނީ އެކި ވަގުތުތަކުގަ އެވެ. އަދި މިފަދަ މައްސަލަތައް މީގެ ކުރިން ބަލަނީ އެކި ފަހަރު އެކި ގާޒީންނެވެ.
ކްރިމިނަލް ކޯޓުގައި މުއްދަތު ޖެހުމުގެ ހުރިހާ ކަމަކާ ގާޒީ ބާރީ ހަވާލުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ