ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ރާމް މާދަވްއާ މިއަދު ސިންގަޕޫރުގައި ބައްދަލުކުރައްވައިފި އެވެ.
މައުމޫން ޓުވިޓާ މެދުވެރިކޮށް ވަނީ، މި ބައްދަލުވުމުގައި ޕީޕީއެމާއި ބީޖޭޕީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި މިބައްދަލުވުން ވެގެން ދިޔައީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.
މައުމޫން އިއްޔެ ވަނީ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ސިންގަޕޫރުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރަނިލް ވަނީ، އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ގޮތުން އަންނަ ނޮވެމްބަރު މަހު ލަންކާގައި އޮންނަ ޖަލްސާއަކަށް މައުމޫނަށް ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތު މައުމޫން ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ހުންނެވި މައުމޫން ގައުމުތަކުގެ އިސްވެރިންނާ މި ބައްދަލުކުރައްވަނީ ސިންގަޕޫރުގައި ކުރިއަށްދިޔަ "އިންޑިއަން އޯޝަން ކޮންފަރެންސް 2016" ގެ ހަވާސާގެ ތެރެއިންނެވެ.
މައުމޫން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ޖެނެރަލަ ސެކްރެޓަރީއާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ