103 ފުޅި ބަނގުރަލާއި އެކު 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 103 ފުޅި ބަނގުރަލާއިއެކު 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ ލަގެޖްތަކަށް ރާފުޅިތައް އަޅައިގެން އެމްއެމްއޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު ހައްޔަރުކޮށްފައިވަނީ ކޮން ޖިންސެއްގެ އަދި ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނެއްގެ ދަށުން މަސްތުވާތަކެތި ބޭނުން ކުރަން ތިއްބާ އެސަރަހައްދުގެ ފަޅުގައި އަޅާފައިއޮތް ދޯންޏެއް ތެރެއިން ވަނީ ތިން ދިވެއްސަކުވެސް ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ