ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ ހުންނަވާ ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވުމުން ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ވަނީ ހުސްވެފައެވެ.
ހަމީދު ޖޭއެސްސީގެ ފަނޑިޔާަކަށް އައްޔަންކުރައްވާފައިވަނީ ސެޕްޓެމްބަރު 7، 2011 ގަ އެވެ. ހައި ކޯޓުން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. އަދި ހަމީދުގެ ދައުރު ހަމަވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.
އެ ބޭފުޅާގެ ދައުރު ހަމަވުމުން މިހާތަނަށް ޖޭއެސްސީގެ ބައްދަލުވުމެއް ބާވާފައެއް ނުވާކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން އެ ގާނޫނުގައިވެއެވެ. ފަނޑިޔާރު ހަމީދުގެ ދައުރު ހަމަވިތާ މަހުގެ ހަތް ވަނަ ދުވަހަށް 30 ދުވަސް ފުރޭއިރު ހައި ކޯޓުން އެހެން ފަނޑިޔާރަކު ޖޭއެސްސީއަށް އަދި ކަނޑައެއްނާޅަ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވެ، ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ