ޕީޕީއެމްގެ ކަންކަން އިޞްލާޙް ކުރެއްވުމަށް އިޞްލާޙީ އެޖެންޑާއެއް އެކުލަވައިލައްވައި ޕީޕީއެމްގެ އިސްލާޙީ އެޖެންޑާ ފުރިހަމަކުރެއްވުމަށް މެންބަރުންގެ އެހީތެރިކަމަށާއި އެއްބާރުލުން ދިނުމަށް އެދިވަޑައިގަތީ އޭގެ ފަހަތުގައި އެއް ވެސް ސިޔާސީ ބޭނުމެއް އޮވެގެން ނޫން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރީއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ތެރޭގައި ހިޔާލްތަފާތުވެ ބައިބައިވުންތައް އުފެދުމާ ގުޅިގެން ޕީޕީއެމް އިސްލާހު ކުރުމަށް ރައީސް މައުމޫން އިއުލާން ކުރެއްވި އިސްލާހީ އެޖްޑާއާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޕީޕީއެމް އިސްލާހު ކުރުމަށް އެމަނިކުފާން އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ފަހަތުގައި އެމަނިކުފާން ހާސިލް ކުރަން ބޭނުންވާ އެއް ވެސް ސިޔާސީ ކަމެއް ނެތް ކަމަށެވެ. އަދި އިސްލާހީ އެޖެންޑާގެ ބޭނުމަކީ ޕީޕީއެމް އަކީ ޑިމޮކްރެޓިކް ހަމަތަކަށް ތަބާވާ ޕާޓީގެ އުސޫލްތަލަށް ވެސް ތަބާވާ ޕާޓީއަކަށް ހެދުން ކަމަށެވެ.
ބިޑްކުރުމަކާ ނުލާ ރާއްޖޭގެ ރަށްތަކާ ފަޅުތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓުއަރިޒަމް ތގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޕީޕީއެމް އެތެރޭގައި އެފެދިފައިވާ ހިޔާލްތަފާތުވުންތަކާ ގުޅިގެން ރައީސް މައުމޫން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިފަދަ އެޖެންޑާއެއް އެކުލަވައިލެއްވެވީ ޕީޕީއެމްގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރެއްވުމަށާއި ޕާޓީގެ ޤަވާއިދުތަކާއި އެއްގޮތަށް ޕާޓީ ހިންގެވުމަށާއި ފުރިހަމަ ޑިމޮކްރަސީގެ އުޞޫލުކަކުން ޕާޓީގެ ކަންކަން ހިންގެވުމަށް މަގުފަހި ކުރެއްވުމަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކަންކަމުގައި އެމަނިކުފާނު ދެއްވާ ލަފާފުޅު ޤަބޫލުނުކުރާ މަޖިލިސް މެންބަރުން އެބަތިބި ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ބައެއް ކަންކަން ޚާއްޞަކޮށް ބިޑް ކުރުމަކާއި ނުލައި ރަށްތައް ކުއްޔަށް ދިނުން ފަދަ ކަންކަން މަޖިލީހުން ފާސްކޮށްފައިވަނީ ޤައުމަށް ފައިދާހުރި ގޮތަށް ނޫން ކަމަށެވެ. އަދި ޕާޓީގެ ޤަވާއިދުތަކާއި ވެސް ޚިލާފަށް ކަމަށެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް ތެރޭގައި ގިނަ މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރައްވައިފައެވެ. އަދި އެ މައްސަލަތައް ހައްލުކުރައްވަން މިހައިތަނަށް އެމަނިކުފާނު ކުރެއްވެވި މަސައްކަތްޕުޅުތައް ފެއިލްވެފައިވާކަންވެސް ހާމަކުރައްވާފައެވެ.
އަޅުގަނޑުގެ އިސްލާހީ އެޖެންޑާގެ ފަހަތުގައި އެއް ވެސް ސިޔާސީ ކަމެއް ނެތް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ