ކަރަންޓު ބިލާއި ވެމްކޯ ކުނި ބިލް އެއް ކުރަނީ

ވެމްކޯ ކުނި ބިލް ނުދައްކާ މައްސަލަ ހައްލުކުރުމަށްޓައި ކަރަންޓު ބިލާއި ވެމްކޯ ކުނި ބިލް އެއްކޮށްލުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން  އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންޞާރު “ވަގުތު” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގާތްގަނޑަކަށް 25 ހާސް ގޭބިސީ މިވަގުތު ވެމްކޯގައި ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް، އޭގެތެރެއިން ކުނި ބިލް ދައްކަނީ 70 ނުވަތަ 80 އިންސައްތަ މީހުން ކަމަށެވެ.
އަންޞާރު އިތުރަށް ވިދާޅުވީ ކުނިބިލް ކަރަންޓު ބިލުގެ ތެރެއަށް ލާން ނިންމި މައިގަނޑު މަޤްސަދަކީ ވެމްކޯއަށް މަހެއްގެ މައްޗަށް ލިބެންޖެހޭ އާމްދަނީ ނުލިބޭތީ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކުރިޔަށް ދަނީ އިދާރީ ގޮތުން ކުރެވެންޖެހޭ މަޝްވަރާތައް ކަމަށެވެ.
އަދި އެކަންކަން ބަލަހައްޓައި ރެގިއުލޭޓުކުރާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)އިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ