"ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް އެކެއް މޭ އިން ފެށިގެން މި އެލަވަންސް ލިބެން ފަށާނެ،"
އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާނު ކުރައްވައިފި އެވެ. އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ މުރާޖައާކޮށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރު ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެންނަވާފައިވާ ކަމަށް ވިދާޅުވިއެވެ. މި އަހަރު ކުރިއަށް އޮތީ ސިއްގީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑު ކުރުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން ސިއްހީ ދާއިރާއަށް 1،000 މުވައްޒަފުން އިތުރު ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ."ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް އެކެއް މޭ އިން ފެށިގެން މި އެލަވަންސް ލިބެން ފަށާނެ،"ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލް ވާނެ ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ޖަނަވަރީ 1، 2022 ގައި ތަންފީޒު ކުރަން ފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެގެން ދިޔައިރު މިއީ ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަން ފާހަގަ ކުރައްވާފައެވެ.އަދި ވިދާޅުވީ ސީދާ ގޮތުގާ އެކަމުގެ ހެޔޮ ބަދަލު އައީ 33500 އަށް ވުރެ ގިނަ މަސައްކަތްތެރިން އެބަތިބި ކަމަށެވެ. ސެޕްޓެމްބަރު 22، 2022 ގައި ގެޒެޓް ކުރެވުނު ގާނޫނީ އަނެއް ހެޔޮ ބަދަލަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސާވިސް ޗާޖާ ގުޅޭ ބަދަލުކަން ފާހަގަ ކުރައްވާ އެއީ މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލުކަން ރައީސް ފާހަގަ ކުރެއްވިއެވެ."މުވައްޒަފުންގެ އާމްދަނީ އަށް އައި ބަދަލުން އެ އާއިލާ ތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ވެއްޖެ،"ރައީސް ވިދާޅުވީ މަސައްކަތާ ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާ ހިމާޔަތް އޮންނަން ޖެހޭ ކަމަށާ އެކަމަށްޓަކައި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލް ސަރުކާރުން މިހާރު ވާނީ މަޖިލީހަށް ފޮނުވާފައި ކަަމަށެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވޭނެ ކަމަށް ވިދާޅުވިއެވެ.މިއަދު ފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މި ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ތާރީހު ލިބިއްޖެ، މެއި މަހު ސިއްހީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ