ހޮނިހިރު ދުވަހު މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހޮނިހިރު ދުވަހުގެ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުންނާއި ހުޅުމާލޭގެ ދެވަނަ ފިޔަވީގައި ސްޓެލްކޯގެ ފްލެޓް ހުނަ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މިމަމާ ގުޅިގެން ސްޓެލްކޯއިން ކުރި ޓްވީތްގައިވަނީ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޑިސެމްބަރު 3 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު އަދި އިރާމާ މަގުގެ އިތުރުން ހަނދުވަރީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަައްކަތެއް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 12:00 އަށް ސްޓެލްކޯގެ ފްލެޓް ހުންނަ ސަރަަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެން ވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށް ސްޓެލްކޯގެ ޓްވީޓްގައި ވެއެވެ.
ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ