އިންޑިއާ އެމްބަސީގައި ރައީސް ނަޝީދު ހައްޔަރުކޮށްފައި ވާކަމަށް ތުހުމަތުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާ އެމްބަސީގައި ހައްޔަރުކޮށްފައި ހުރިކަމަށް ތުހުމަތު ކޮށްފިއެވެ.
ކަސްޓަމްސްގެ ކުރީގެ ވެރިޔާ ޢައްބާސް އާދިލް ރިޒާ މީގެ ގަޑިއެއްހާއިރު ކުރިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ރައީސް ނަޝީ ދުހައްޔަރު ކޮށްފައި ހުރިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އީންޑިއާ އަށާއި ރައީސް އިބުރާހީމަށް ފާޑުވިދާޅުވެ އައްބާސްގެޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް އިބުރާހީމްގެ އަނިޔާވެރިކަމަށް މަގުދައްކައިދެނީ ރާއްޖޭގައި ތިބި މޯދީގެ މީހުންކަމަށެވެ.
އައްބާސް ވަނީ ދިވެހިރާއްޖެއަކީ ދެވަނަ ސިއްކިމްއަށް ވިޔަނުދިނުމަށް ރާއްޖޭގައި ހުންނަ ބޭރުގެބައެއް އެމްބަސީތަކަށާ ޑިޕްލޮމެޓުންނަށް ގޮވާލައްވައިފައެވެ. އޭގެތެރޭގައި ޕާކިސްތާން އެމްބަސީ، އިނގިރޭސިއެމްބަސީ، އީޔޫ، ސައޫދީ އެމްބަސީ އަދި ޗައިނާ އެމްބަސީ ހިމެނެއެވެ.
ރައީސް ނަޝީދު ބަންދުކުރިކަމަށް ތުހުމަތު ކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވިކަން ގަބޫލުކުރެއްވި ނަމަވެސް ރައީސް އިބުރާހީމްގެ ފަހަތަށް ނާރުއްވާނެ ކަމަށް ރައީސް ނަޝީދު މިއަދުވަނީ ވިދާޅުވެފައިކަން ފާހަގަ ކުރެވެއެވެ.
މިފަދަ ތުހުމަތެއް ކުރެވިފައި ވާއިރު، ޕްރައިމަރީން ބަލިވިކަން ގަބޫލު ނުކުރައްވާ މައްސަލައިގައި އިންޑިއާ ސަފީރު ރައީސް ނަޝީދުއާ ބައްދަލު ކުރައްވަން އުޅޭކަމުގެ އަޑުތައް މިރޭ ފެތުރިގެން ގޮސްފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ