ޝަރީފް ކޯފާވެ ވިދާޅުވީ، ބަހަނާ ނުދައްކާ މާލޭ ސިޓީ ކައުންސިލުން ކަރަންޓް ބިލްތަކަށް ފައިސާ ދެއްކުމަށް

ބަހަނާ ނުދެއްކުމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލުން ފައިސާ ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް ފައިސާ ދެއްކުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް މާލޭ ސިޓީ ކައުންސިލަށާއި މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.
މިއަދު ސްޓެލްކޯ ކޮންފަރެންސް ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވަނީ ވަރަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ކަރަންޓު ކަނޑާލި މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފައެވެ. މިގޮތުން، ވާހަކަދައްކަވަމުން ޝަރީފް ވަނީ ސިޓީ ކައުންސިލުން މިކަމުގައި ބަހަނާތަކެއް ދައްކަމުން އަންނަ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެމްޑީ ޝަރީފް ވަނީ ކޯފާވެފައި އިންނަވައި ސިޓީ ކައުންސިލަށް އިންޒާރު ދެއްވާފައެވެ.
ޝަރީފް އިންޒާރު ދެއްވީ ބަހަނާ ދައްކައި ކަރަންޓް ބިލްތައް ނުދައްކާ ނަމަ، ކުރިއަށް އޮތް ތަނުގައިވެސް ކަރަންޓް ކަނޑާލާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް މިކަމުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށާއި ބިލްތައް ދެއްކުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ތަންތަން (މިސްކިތް، ސަހަރާ އަދި މަގުތައް) ފަދަ ތަންތަނުން ކަރަންޓް ކަނޑާނުލާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސްޓެލްކޯގެ އެމްޑީ ވިދާޅުވީ ބިލަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލިޔަސް ކަނޑާލާނީ ސިޓީ ކައުންސިލަށް އެތަންތަނުން މާލީ މަންފާ ލިބޭ ތަންތަނުން އެކަނި ކަމަށެވެ.
ސީޓީ ކައުންސިލުން ކަރަންޓް ބިލަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލާފައި ވަނީ ވިލިމާލެ ސެކްޝަން އޮފީސް، ހުޅުމާލެ އޮފީސް، މާލޭގެ ލޭބާ ކުއާޓާ، ބަދިގެ، ލޮނުޒިޔާރަތް ޕާކް، ސަލްޓަން ޕާކް، ގަސް ވިއްކާ ފިހާރައިންނެވެ.
ސްޓެލްކޯ އަށް ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހޭ 20 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތް ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ ބައެއް ތަންތަނުން ކަރަންޓު ކަނޑާލީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މި 20 މިލިއަންގެ ތެރެއިން 12 މިލިއަން ރުފިޔާ ދައްކަން ޖެހެނީ ސިޓީ ކައުންސިލުންނެވެ. ބާކީ އަށް މިލިއަން ރުފިޔާއަކީ ސިޓީ ކައުންސިލްގެ ބިންތަކުގައި ހުރި ބައެއް އަމިއްލަ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ