ކުރެންދޫ އާއި މޮޅަދޫގެ ބާ އިންޖީނުގެ ނިއްވާލައި، ޒަމާނީ އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި

ޅ. ކުރެންދޫ އާއި ހއ. މޮޅަދޫގައި ހިންގަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެ ދެ ރަށުގައި ހެދި ޒަމާނީ އާ އިންޖީނުގެއިން ކަރަންޓް ދޭން ފަށައިފި އެވެ.
ކުރެންދޫގެ ޒަމާންވީ އިންޖީނުގެއަކީ 18 އަހަރުވެގެން ގޮސް، ގެތަކުގެ ތެރޭ ގެދަބުޅި އަރަމުންދިޔަ އިންޖީނުގެއެކެވެ. އަދި ކުރެންދޫގައި ހުރި އިންޖީނުގެއަކީ ކުޑަ ގެގަނޑެއްގައި މީގެ 13 އަހަރު ކުރިން ހަދައި ހިންގަމުންދިޔަ ތަނެކެވެ.
އެ ދެ އިންޖީނުގެ ނިއްވާލައި، ޒަމާންވީ އާ އިންޖީނުގެއަކުން ހިދުމަތް ދޭން ފެށީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެވެ.
މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ފެނަކައިން އަންނަނީ މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތުގެ ދަށުން މިދިޔަ މަހުގެ ތެރޭގައި މ. ވޭވަށުގައި 29 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއަކުން ހިދުމަތް ދޭން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ