ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފި

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާއަތް, ހަމާސްގެ ވެރިޔާ ޔަހުހާ އަލް ސިންވާރު އަވަހާރަވީ ގާޒާގެ ދެކުނުގައި އިޒްރޭލުގެ ޕެޓްރޯލަކުން އާންމުކޮށް ޕެޓްރޯލްކުރާ އުސޫލުން ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު ހަމާސްގެ ހަނގުރާމަވެރިންގެ ބަޔަކާ ހިނގި ކުރިމަތިލުމެއްގަ އެވެ.  ހަމާސްއިން އެކަން ކަށަވަރުކޮށްދިނީ ޓީވީ މެދުވެރިކޮށް ހަމާސް ޖަމާއަތުގެ ގާޒާގެ އިސްވެރިޔާ ހަލީލް އަލް ހައްޔާ އެވެ. ސިންވާރު އަވަހާރަކޮށްލި ނަމަވެސް އެ ޖަމާއަތުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިތުރަށް ވަރުގަދަ ވާނެ ކަމަށް ހަމާސްއިން ބުނެ އެވެ.ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ދަށުން އެ ސަހަރުގެ ދެކުނުގެ ރަށަކަށް ދިން ހަމަލާތަކެއްގައި ސިންވާރު ޝަހީދު ކޮށްލުމުގެ ކުރިން ޑްރޯނެއް ބޭނުން ކޮށްގެން ނަގާފައިވާ ވީޑިޔޯއެއް ޔަހޫދީ ފައުޖުން ވަނީ އާންމު ކޮށްފަ އެވެ. އިޒްރޭލުން އެންމެ ފުރަތަމަ އިއުލާނުކުރީ ގާޒާގައި ސިންވާރު އަވަހާރަވި ކަމަށް ބެލެވޭތީ އެކަން ބަލަމުން އަންނަ ކަމަށެވެ.މިކަން އިއުލާނުކުރިތާ އިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ހަމާސްގެ ލީޑަރާ ވަރަށް އެއްގޮތް ސިފަތަކެއް ހުރި މީހެއްގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި އޮތެވެ.ނަމަވެސް އޮފިޝަލުން ވަނީ "މި މަރުހަލާގައި" މަރުވި ތިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ވަނަވަރު ކަށަވަރު ނުކުރެވޭ ކަމަށް ބުނެފަ އެވެ.ޓެސްޓުތަކަށް މާ ގިނަ އިރެއް ނުވެ އެވެ. ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ ސިންވާރު "ނައްތާލާފައިވާ" ކަން ކަށަވަރުވެފައިވާ ކަމަށް ބުނެފަ އެވެ.ހަމާސްގެ ލީޑަރަކަށް ޔަހުޔާ ސިންވާރު ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި، އިސްމާއިލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް ޖުލައި، 31 ގައި އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.ސިންވާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7، ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އެކަކެވެ.ސިންވާރު އަވަހާރަކޮށްލުމާ ގުޅިގެން ޔަހޫދީ ދައުލަތުގެ އިސްވެރިން އުފާ ފާޅުކުރަމުންދާއިރު އިޒްރޭލުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ތިރީގެ، ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ވަނީ ސިންވާރުގެ އަވަހާރުވުމުން ހިތްހަމަ ޖެހުން ލިބިއްޖެ ކަމަށް ބުނެފަ އެވެ.މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ގާޒާއަށް އިސްރާއީލުން ދޭން ފެށި ހަމަލާގައި މިހާތަނަށް 42،438 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 99،246 އަށް ވަނީ އުފުލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ