ޒަކާތު ހައުސް އާއި މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލީ ގޮތުން ބާރުވެރިކުރުވުން: އާދަމް ޝަރީފް ހާލަތު އޮތީ ނުކައިތިއްބަސް ސިނގިރޭޓުބޯ ހިސާބުގައި: މެންބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ތިން ޑްރޯންގެ ބޭނުން ހިފަމުން ދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.
ޑްރޯންތައް ބޭނުން ކުރޭތޯ ބެލުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މެންބަރު މީކާއިލްގެ ސުވާލުގައިވަނީ ސިފައިންގެ ޚިދުމަތުން ބޭނުން ކުރުމަށް 570 މިލިއަން ރުފިޔާއާ ޚަރަދުކޮށްގެން ގެނެސްފައިވާ ޑްރޯންތަކުގެ ބޭނުން ކުރަން ފަށާފައިވޭތޯއާއި އެ ޑްރޯންތައް ބޭނުން ކޮށްފައިވާ ބޭނުންތައް ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.
މި ސަރުކާރުން ޑްރޯންތައް ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކުރަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ