ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކާ ގޮތުގައި އާދަމް ޝަރީފް އުމަރަށް ލިބިފައިވަނީ 863 ވޯޓެވެ. އަދި އޭނާއާއި އެންމެ ގާތުން، އެންމެ ގިނަ ވޯޓު ހޯދައިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމެވެ. އެގޮތުން ޝިހާމަށް ލިބިފައިވަނީ 833 ވޯޓެވެ.
މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތަށް ލިބިފައިވަނީ 485 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ޝިހާމަށް ލިބުނީ 341 ވޯޓެވެ. އެދާއިރާއަށް އެމްޓީޑީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރު، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދަށް ލިބުނީ 117 ވޯޓެވެ.
މަޑުއްވަރީ ދާއިރާގެ ގޮނޑި އާދަމް ޝަރީފް އުމަރު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ