ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް މޫސުން ގޯސްވެއްޖެއެވެ.
މިދިޔަ ހަފްތާއިން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ރަނގަޅުވެފައި އޮވެފައި އަނެއްކާވެސް ދެކުނުގެ އަތޮޅުަތަކަށް މޫސުން ގޯސްވާނެކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މިގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓުން ވަނީ މިއަދުގެ 10:30 އިން މެންދުރުފަހު 3:30 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މި ދުވަސްވަރަކީ އަހަރު ނިމޭ ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރަމުންދާ ދުވަސްކޮށްޅަކަށްވުމުން ކަމާއިބެހޭ ފަރާތްތަކުން ވަނީ ހުރިހާ ފަރާތްތަކުންވެސް އެންމެ ފަހުގެ މޫސުމީ ސަލާމުތަކަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ދެކުނަށް އަނެއްކާވެސް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ