ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން މިދިޔަ އަހަރު ރައީސް މުއިއްޒު ނިންމެވި ނިންމުން ބަދަލު ކުރައްވައިފި ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން މިދިޔަ އަހަރު ރައީސް މުއިއްޒު ނިންމެވި ނިންމުން ބަދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން މިދިޔަ އަހަރު ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ބަދަލު ކުރައްވައި، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅިގެން އަންނަ ފެބްރުއަރީ 6، ގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ބަންދުވާނެ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމެވުމަށްފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.
ރިޔާސީ ބޔާން އިއްވަވާ ދުވަހަކީ ކުރިއްސުރެ ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2014 ގަ އެވެ. އޭގެ ފަހުން އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަލުން ކަނޑައެޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި އެމަނިކުފާނުގެ ދެންނެވުމަކުންނެވެ.
ސޯލިހުގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވި ހުރިހާ ދުވަހެއް ވެސް ވަނީ ސަރުކާރު ބަންދުކޮށްފަ އެވެ.
ގާނޫނު އަސާސީގައި ބުނަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަން ޖެހޭނެ ކަމަށެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ އެއިރުގެ ހާލަތު ބަޔާންކޮށްދީ، ހާލަތު އިތުރަށް ރަނގަޅު ކުރަން ރައީސް ރާވާފައިވާ ކަންކަން މަޖިލީހަށް އިއްވަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ