ޖަރުމަންގެ ކޯޗު ލޯ 2018 ވަނަ އަހަރާ ހަމައަށް ކޮންޓުރެކްޓް އާކޮށްފި

މިދިޔަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކޯޗު ޔަކިމް ލޯގެ ކޮންޓުރެކްޓް 2018 ވަނަ އަހަރާ ހަމައަށް އާކޮށްފި އެވެ.
ޖަރުމަންގެ ގައުމީ ޓީމު ކޯޗުކަން ކުރިން ލޯއާ ހަވާލުކޮށްފައި އޮތީ އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯއާ ހަމައަށެވެ. އެކަމަކު ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަން އިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ތަށި ދިފާއުކުރަން ޖަރުމަން ނުކުންނައިރު، އެ މުބާރާތުގެ ނިޔަލަށް އެ ޓީމުގެ ކޯޗަކަށް ހުރުމުގެ ފުރުސަތު ލޯ އަށް ދީފަ އެވެ.
"ވޯލްޑް ކަޕްގެ ނިޔަލަށް ލޯ ކޮންޓުރެކްޓް އާކުރުމަކީ އަހަރެމެންނަށް ލިބުުނު ވަރަށް ބޮޑު އުފަލެއް،" ޖަރުމަން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ވުލްފްގޭންގް ނިއަސްބަކް ވިދާޅުވި އެވެ.
ދެހާސް ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަންގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ލޯ، ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ އެ މުބާރާތަށް ފަހު ޔާގަން ކްލިންސްމަން ކޯޗުކަމުން ދުރުވުމުންނެވެ. ކްލިންސްމަންގެ އެހީތެރިއެއްގެ ގޮތުގައި ލޯ ދެ އަހަރު ދުވަހު މަސައްކަތްކުރި އެވެ. ލޯގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަން ކާމިޔާބުކުރިއިރު، 2008 ވަނަ އަހަރުގެ ޔޫރޯގެ ފައިނަަލަށް ޖަރުމަން ދަތުރުކުރި އެވެ. މީގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އިން ޖަރުމަން ޖާގަ ހޯދި އެވެ. -- ޔޫރޯ ސްޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ